ads
ވިކީ އަދި ކެޓްރީނާ-- ފޮޓޯ: ދަ ޓްރިބިއުން
ކެޓްރީނާ އާއި ވިކީ ޑޭޓްކުރަނީ ތަ؟
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް އާއި ވިކީ ކުޝާލް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް މިދުވަސްކޮޅު ވަރަށް ބޮޑަށް ގަދަވެފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ގައި އޮއްވާ ކެޓްރީނާއާއި ބައްދަލުކުރަން ވިކީ ދިޔަކަމުގެ އަޑުތަކެއް ވެސް އަންނަނީ އިވެމުންނެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ކެޓްރީނާއާ ދިމާކުރަން ވިކީ ގޮސްފައިވަނީ މާސްކު އަޅައިގެން ކެޓްރީނާ ގެއަށެވެ.
އަދި ލޮކްޑައުން ކޮށްފައިވަނިކޮށް ގަައިޑްލައިންތައް ފުނޑާލާ ކެޓްރީނާއާ ބައްދަލުކުރަން ބޭރަށް ނިކުމެ އުޅުމުގެ ތެރެއިން ފުލުހުން ވިކީ ހިފަހައްޓާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ވާހަކަތައް ދެކެވެެމުންދެއެވެ.

ވިކީ ބުނީ އެކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި ލޮކްޑައުން ކުރިފަހުން އޭނަ ގެއިން ވެސް ނިކުމެފައި ނުވާނެ ކަމަށެވެ. އަދި ވިކީ މިވާހަކަތައް ސިފަކޮށްފައި ވަނީ "ބޭސްލެސް ރޫމާސް" ގެ ގޮތުގައެވެ.

"ލޮކްޑައުން ތެރޭގައި ބޭރަށް ނިކުތުމުގެ ސަބަބުން ފުލުހުން ހިފަހައްޓާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ބޭސްލެސް ރޫމާސްތަކެއް، ލޮކްޑައުން ކުރި ފަހުން އަދަި އަހަރެން ބޭރަކަށް ނުނިކުންނަން. އަހަރެން ވަރަށް ބޮޑަށް އެދެން އެކަހަލަ ވާހަކަތައް ނުދެއްކުމަށް،" ވިކީ ބުނެފައި ވެއެވެ.

މި ވާހަކަތައް މިގޮތަށް ސޯޝަލް މީޑިއާގައި އާއްމުން ދައްކަމުން މިދަނީ ވިކީ އިސްޓާގުރާމަށް ލާފައިވާ ފޮޓޯއަކާއި ގުޅިގެންނެވެ. އެ ފޮޓޯގައި އޭނަ ލާފައިވާ ހޫޑީއަކީ އޭގެ ކުޑަދުވަސްކޮޅެއް ކުރިން ކެޓްރިނާ އިންސްޓަގުރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައިވެސް ލާފައިވާ ހޫޑީކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އެކަމާއި ގުޅިގެން ވިކީ ކުރި ޓުވީޓެއްގައި ބުނީ އޭނާ ބަޔަކަށް އެއްވެސް ކަމަކާއި ގުޅިގެން ކްލެރިފިކޭޝަނެއް ދޭން ޖެހޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.

"އަހަރެން ގަބޫލެއް ނުކުރަން އެއްވެސް ތަފްސީލެއް ދޭން ޖެހޭނެ ކަމަކަށް. އަހަރެން ޕާސަނަލް ލައިފް އާއި ބެހޭ ގޮތުން ވަރަށް އޯޕެން ކޮށް ވާހަކަދައްކާފައިވާނެ. އެއީ އަހަރެންނަށް ދޮގެއް ނެހެދޭނެތީ. އެކަމުގައި އެއްވެސް ސްޓޯރީއެއްވެސް ނެތް،" ވިކީ ބުނެފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް