ads
ކޮމީޑިއިން އެލެން ޑިޖެނެރެސް-- ފޮޓޯ: ޖީސީއެން
އޮސްޓްރޭލިއާއިން "ދަ އެލެން ޝޯ" ދެއްކުން ހުއްޓާލާފި
މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ "ދަ އެލެން ޝޯ" އަކީ ކޮމީޑިއިން އެލެން ޑިޖެނެރެސްގެ އަމިއްލަ ޝޯއެކެވެ. އޭނާ ވަނީ މެދުނުކެނޑި މިހާތަނަށް 16 އަހަރު އެ ޝޯ ކުރިއަށް ގެންގޮސްފައެވެ.

މުޖުތަމައުގައި ހިނގާ ކުދިކުދި އަދި އިންސްޕެއަރިން ކަންތައްތައް ދައްކާލުމާއި އެތަށް ބައެއްގެ ވިސްނުން ތޫނުކަން ދައްކާލާ އަގު ބޮޑެތި އިނާމުތައް ދޭ މިޝޯއަކީ މިހާތަނަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ކޮމެޑީ ޝޯއެވެ.

އެލެންގެ މަޖާ މިޒާޖާ ހިތްހެޔޮކަމުން އެތައް މިލިއަން ބަޔަކު ޝޯގެ ސެޓަށް ވަނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއެވެ. އަދި އެތައް ބިލިއަން މީހުންގެ ފޭން ބޭސްއެއް އޮންނަ އެލެންއަކީ ދުނިޔޭގެ މަޝްހޫރު މަހުޖަނުންގެ ތެރެއިން ވެސް ގުނާލެވޭ މީހެކެވެ. 

އެހެންނަމަވެސް ވަރަށް ފަހުން އެލެން ޝޯ ގެ ސެޓްގައި ފަހަތުން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަނީ ޝޯ ގެ ބައެއް އިސްވެރިންނާއި، އެލެންގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ. 

މި ތުހުމަތުތަކަށް ފަހު ޝޯ ގެ މުސްތަގުބަލާ މެދު ދަނީ ވަރަށް ގިނަ ސުވާލުތައް އުފެދެމުންނެވެ. އެލެން ޝޯ ހުއްޓާލުމުގެ އަޑުތައް ވެސް ގަދަވެފައިވާ މި ދަނޑިވަޅުގައި އޮސްޓޭރިލިއާގެ "ޗެނަލް ނައިން" އިން ވަނީ އެމީހުން ދައްކަމުން އައި އެލެން ޝޯ އެއާކުރުން ހުއްޓާލާ އޭގެ ބަދަލުގައި އެ ގަޑީގައި "ޑެސްޕަރޭޓް ހައުސް ވައިވްސް" ދައްކަން ފަށާފަ އެވެ.

ނައިން ޗެނަލްގް ތަރުޖަމާން ބުނި ގޮތުގައި "އެލެން ޝޯ" ބެލުންތެރިން ކޮންމެ ދުވަހަކު ބަލަން ބޭނުންވާނަމަ ދެން އޭގެ ރިޕީޓް ގެންނާނީ ވީކްޑޭސްތަކުގައި ކަމަށެވެ.

ޗެނަލް ނައިންގެ ޕްރޮގްރާމިން ޑިރެކްޓަރު ހާމިޝް ޓާނާ ބުނި ގޮތުގައި އެލެންގެ ޝޯތަކާއިމެދު ގޮތެއް ނިންމަން އިނގޭނީ ޔުނައިޓެޑް ސްޓޭސްޓްސް ގައި އޮންނަ އެލެންގެ ޝޯތަކަށް ވާގޮތެއް އެނގުމުން ކަމަށެވެ.

އެންބީސީއިން ތައްޔާރުކޮށްގެން ގެނެސްދޭ މި ޝޯ ގެ ތިން އެކްޒެކިއުޓިވް ޕްރޮޑިއުސަރުންގެ މައްޗަށް ކުރެވިފައިވާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއިއެކު މަގާމުން ވަކިކޮށްފައިވާއިރު އެންބީސީއިން އެލެންގެ ބަދަލުގައި ޝޯ ހޯސްޓްކުރަން ޖޭމްސް ކޯޑަން ހަމަޖައްސަން އުޅޭކަމުގެ ވާހަކަތައް ވެސް ދެކެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް