ads
ރާއްޖޭގެ ރަށެެއް-- ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ކޮވިޑް ބަލިމީހުން 31 ރަށެއްގައި، 54 ޕޮޒިޓިވް ކޭސް
ކޮވިޑް-19 ބަލި އޮތް 31 ރަށުގައި 54 ޕޮޒިޓިވް ކޭސް މި ވަގުތު އެބައުޅޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ 31 ރަށެއްގައި 54 ޕޮޒިޓިވް ކޭސް އުޅޭއިރު މީގެ ތެރެއިން ވެސް ގިނައީ ދިވެހިންނެވެ. 

އެގޮތުން ޕޮޒިޓިވް ވެފައިވާ 54 މީހުންގެ ތެރެއިން 48 މީހުންނަކީ ދިވެހިންނެވެ. އަނެއް ހަ މީހަކީ ބިދޭސީންނެވެ.

މީގެ ތެރެއިން ގިނަ މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކަށް ތިން ރަށެއްގެ ބަޔަކު ލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެއީ ކ. ހިންމަފުށިން ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން އެރިޔަދޫ ކޮވިޑް ފެސިލިޓީގައި ތިބި ދެމީހުންނާއި ގދ. ތިނަދޫއިން އަބްދުއް ސަމަދު ހޮސްޕިޓަލްގައި އައިސޮލޭޓް ކުރެވިފައިވާ މީހެއްގެ އިތުރުން ރ. ދުވާފަރުން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ބ. އަތޮޅު ކޮވިޑް ފެސިލިޓީގައި މިވަގުތު އޮތް 81 އަހަރުގެ މީހާ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުއްޓެވެ.

އެޗްޕީއޭއިން ރޭ މައުލޫމާތު ދިން ގޮތުގައި މާލެއިން ވަނީ 88 މީހަކު އިތުރަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 7,667 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް