ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ސަން
ބައިވެރިވި ހުރިހާ ޒުވާނުން ޖޫރިމަނާކުރި ނަމަ ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް: އަދުރޭ
ހުކުރު ދުވަހު ސައިކަލް ބުރުގައި ބައިވެރިވި ހުރިހާ ޒުވާނުން ޖޫރިމަނާ ކުރިނަމަ ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅުން ބޭއްވި ސައިކަލް ބުރާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ދަނޑިވަޅެއްގައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައިކަލް ބުރުގައި ބައިވެރިވި ކޮންމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ ވަރަށް ރަނގަޅުވީސް ކަމަށެވެ. 

އަދި ހެޔޮވަރުގެ އާމްދަނީއެއް ދައުލަތައް ލިބުނީސް ކަމަށާއި އާމްދަނީ ހޯދާނެ އެހެން ގޮތެއް ނޭނގޭ ސަރުކާރަކަށް ރަނުގެ ފުރުސަތަކަށް ވީސް ކަމަށްވެސް އަދުރޭގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.


އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ހަވީރު މާލޭގައި ބޭއްވި ސައިކަލް ބުރާއި ގުޅިގެން ޝުޖާއުގެ އިތުރުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އިއްޔެ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. އަދި މިއަދު އަދުރޭ ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފަ އެވެ. 

ހަލުވިކަމާއެކު މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާއިރު ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާއި ވެސް ހިލާފަށް އެ ސައިކަލު ބުރު ކުރިއަށް ގެންދިޔައިރު ފުލުހުން ހުރަސް އަޅާފައި ނުވިނަމަވެސް ފުލުހުން ބުނެފައިވަނީ އެ ހަރަކާތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މާސްކް ނާޅާއި އުޅުނުކަން ފާހަގަކޮށް ފުލުހުން ވަނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް