ads
ބާސެލޯނާގެ މެސީ--
މެސީއާ ބާސާގެ މައްސަލައިގެ ތެރެއަށް އެންމެ ފަހުން ލަލީގާވެސް ވަދެއްޖެ
ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ބުނެ، ކްލަބާއި މެސީއާ ދެމެދު އުފެދިފައިވާ ނުތަވަނަސްކަމުގެ ތެރެއަށް އެންމެ ފަހުން ސްޕެނިޝް ލީގުން ވެސް ވަދެއްޖެ އެވެ.

ބާސެލޯނާއާ މެސީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއަށް ވަތް، ލަލީގާގެ ވާހަކަ ވެސް ހުރީ މެސީ ބާސެލޯނާގައި މަޑު ކުރުވުމުގެ ރާގުގައެވެ. ލަލީގާއިން ބުނެފައި ވަނީ މެސީއަށް އެހެން ކްލަބަކަށް ބަދަލުވެވޭނީ 700 މިލިއަން ޔޫރޯގެ ޓްރާންސްފަ ފީއެއް ދެއްކުމަށް ފަހު ކަމަށެވެ. ލަލީގާގެ ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ މެސީގެ ކޮންޓްރެކްޓްގައި ޓްރާންސްފަގެ ކަންތައް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށާއި، އެ ގޮތަށް މެނުވީ ކްލަބު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ނާކާމިޔާބު ސީޒަނަކަށް ފަހު، މެސީ ބާސާ ދޫކޮށްލަން ބޭނުންވީ ހިލޭ ޓްރާންސްފަ އެއްގައެވެ. މެސީގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް އިރު، ކޮންޓްރެކްޓްގައިވާ ގޮތުން ސީޒަނަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގައި އޭނާއަށް ކްލަބު ދޫކޮށްލެވިދާނެ އެވެ. އެހެންނަމަވެސް އެކަމާއި މެދު ކްލަބާއި މެސީއާ މެދުވަނީ ހިޔާލު ތަފާތު ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް