ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގައި 40 އަހަރުގެ އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންދިޔަ މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
އެ މައްސަލައިގެ ތަފްސީލު ފުލުހުން ހިއްސާ ނުކުރި ނަމަވެސް މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ވަނީ ބުނެފަ އެވެ.