ads
އެމްޕީއެލްގެ މައި ބަނދަރު--
ޖުލައި މަހު އިންފްލޭޝަން 2.81 ޕަސަންޓު މައްޗަށް ޖެހިއްޖެ
މިދިޔަ ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.81 ޕަސަންޓު މަތިވެ، ފެނާއި ކަރަންޓުގެ އަގު އުފުލިއްޖެ އެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބަށް ބަލާއިރު، މާލޭގެ އިންފްލޭޝަން 2.84 ޕަސަންޓު އަދި އަތޮޅުތަކުގެ އިންފްލޭޝަން 2.79 ޕަސަންޓު ވަނީ މަތިވެފަ އެވެ. 

އަގުތަކަށް އައިސްފައިވާ ބަދަލަށް ބަލާއިރު، އެންމެ ބޮޑަށް އަގު އުފުލިފައި ވަނީ ފެނާއި ކަރަންޓުންނެވެ. ކަރަންޓުގެ އަގު 66.67 ޕަސަންޓު އަދު ފެނުން 42.86 ޕަސަންޓު ވަނީ ބޮޑުވެފަ އެވެ. 

ކަރަންޓާއި ފެނުގެ އަގު އުފުލުނީ ކޮވިޑް-19 އާ ގުޅިގެން ބިލުތަކަށް ދެމުން އައި 40 ޕަސަންޓު ސަބްސިޑީ ދިނުން ހުއްޓާލުމުން ކަމަށް ސްޓެޓިސްޓިކްސް ބިޔުރޯ އިން މައުލޫމާތު ދެއެވެ. 

ފެނާއި ކަރަންޓުގެ އިތުރުން، ދުންފަތާއި ދުމުގެ ބާވަތްތަކާއި މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް ވެސް ޖުލައި މަހު ވަނީ އުފުލިފަ އެވެ. 

ތަފާސްހިސާބުން ދައްކާ ގޮތުން ބައެއް ހިދުމަތްތަކުގެ އަގު މަތިވި ނަމަވެސް، ކާބޯތަކެއްޗާއި މަހުގެ އަގު ވަނީ ޖުލައި މަހު ދަށަށް ގޮސްފަ އެވެ. 

މި އަހަރުގެ ޖުލައި މަހު އިންފްލޭޝަން މައްޗަށް ޖެހުނު ނަމަވެސް، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 1.10 ޕަސަންޓު ދަށް މިންވަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް