ads
ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު--ފުޓޯ: އެމްޓީސީސީ
ފުޅަދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި
ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 93 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ.


މި މަޝްރޫޢުގެ ދަށުން 29,167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 22،694 މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުމާއި އަދި 108 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ

އަދި 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތާއި އަދި 558 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. 

އެ މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 48.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް