ads
ތިން ސަފީރަކު ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ތިން ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

ރައީސަށް މިއަދު ފަތްކޮޅު އަރުވާފައިވަނީ ބަންގްލަދޭޝާއި ޕާކިސްތާންގެ އިތުރުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާ ސަފީރުންނެވެ. 

your imageޕާކިސްތާނުގެ ސަފީރު-- ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރެވެ. ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

your imageސްރީލަންކާގެ ސަފީރު-- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުންވި އާސަފީރަކީ ރޮހާނާ ބެއްޑާޖު އެވެ. ފަތްކޮޅު އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވެ އެވެ. 

your imageބަންގްލަދޭޝްގެ ސަފީރު-- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ރިއާ އެޑްމިރަލް ނަޒްމުލް ހަސަންއެވެ. ބަންގްލަދޭޝްގެ އާ ސަފީރުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޮވިޑްގެ ހާލަތުގައި ބަންގްލަދޭޝުން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަންވެސް ފާހަގަކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް