ads
ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ޝުޖާއު ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީގެ" ލީޑަރުގެ މަސައްކަތް ބަލައި ނުގަނެވެނީ ކަމަށް
ޕާޓީގެ ލީޑަރުގެ މަސައްކަތް ސަރުކާރަށް ބަލައި ނުގަނެވެނީ ކަމަށް، ޕީޕީއެމަށް ކެމްޕެއިން ކުރުމުގެ ތުހުމަތު ސާބިތުވުމުން، އެކަން ދޮގުކޮށް އިސްތިއުފާ ދެއްވި، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވެއްޖެއެވެ.

މީގެ ދެ ހަފުތާ ކުރިން، އިންސާފު ލިބޭނެ މަގެއް ނެތް ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވި ޝުޖާއު މިހެން ވިދާޅުވީ ހޯމަ ދުވަހު، ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް- އަދުރޭގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހުއެވެ. 

އަދުރޭގެ ވަކީލެއްގެ ހައިސިއްޔަތުން ޝުޖާއު މިއަދު ފުލުސް އޮފީހަށް ހާޒިރުވީ، އެޗްޕީއޭގެ ގައިޑްލައިނާ އަދުރޭ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ހަގީގަތުގައި މި އުޅެނީ އަޅުގަނޑުމެންގެ ޕާޓީގެ ނުވަތަ ޕީޕީއެމް ޕީއެންސީގެ ލީޑަރު، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްގެން ނޫންކަން.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގައި، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން އަދުރޭވަނީ ޖޫރިމަނާކޮށްފައެވެ. މި ޖޫރިމަނާ ގަބޫލު ނުކުރާ ކަމަށް ވިދާޅުވެ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވީ، ޕީޕީއެމްގެ ކެމްޕެއިންގައި އަމަލީ ގޮތުން އުޅުނު ކަން ސާބިތުވެ، މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުންނެވެ. ޝުޖާއު އިސްތިއުފާ ދިނީ މީގެ ބަރާބަރު ދެ ހަފުތާ ކުރިންނެވެ. 

ދެ ހަފުތާ ކުރިން އިސްތިއުފާ ދެއްވި އިރު ޝުޖާއު ވިދާޅުވެފައިނީ އޭނާ މަގާމުން ވަކިކުރަން ނިންމާފައިވަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ބަދަލުހިފުމާއި ޒާތީ ހަސަދަވެރިކަމާއި ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި ކަމަށެވެ. ޝުޖާއު މިހެން ވިދާޅުވި ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދިންތާ އެންމެ ދެ ހަފުތާ ތެރޭ ޕީޕީއެމްގެ ސިޔާސީ ހަރަކާތަކުން ފެނުމުން އޭނާގެ މައްޗަށް ޖޭއެސްސީން ކުރި ތުހުމަތުތަކަކީ ހަގީގީ ތުހުމަތުތަކެއް ކަމަށް ބާރު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް