ރާއްޖެއިން ކޮވިޑް19 އަށް މިއަދު 137 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ މިވަނީ 7804 އަށް އަރާފައެވެ.
ރާއްޖޭގައި ހަލުވި ކަމާއިއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ ތެރެގައި ގިނަ އަދަދަކަށް ދިވެހިން ހިމެނޭކަން ފާހަގަކުރެވެއެވެ.
މިއަދު ޕޮޒިޓިވްވިި 137 މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި 25 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ9 މީހަކާއި ސްރީލަންކާގެ2 މީހުންނާއި ނޭޕާލްގެ2 މީހުންނާޢި ފިލިޕީންސްގެ މީހަކާއި ރަޝިއާގެ މީހެއްގެ އިތުރުން ގާނާގެ މީހެކެވެ.
ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 172 މީހަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
119 މީހަކު މިއަދު ބަލިން ރަނގަޅު ވެފައިވާ އިރު ޖުމްލަ 5155 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.