ރާއްޖެ ގަޑިން ރޭ 10:24 ގައި އައްޑޫސިޓީ އާއި 492 ކިލޯމީޓަރު ދުރުންއައި އެބިންހެލުމުގެ ބާރު މިނުގައި 6.2 މެގްނިޓިއުޑް ހުރި ކަމަށް އެމެރިކާގެ ޖިއޮލަޖިކަލް ސާވޭ ވެބްސައިޓްގައި ރިޕޯޓްކޮށްފައިވެ އެވެ.
މިކަމާއި ގުޅިގެން މެޓް އޮފީހުން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މެޓް އިން ބުނީ ޗާގޮސް އާކިޕެލަގޯ ސަރަހައްދަށް އައި އެ ބިންހެލުން އައިސްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިން 5.8 ރެކްޓާސްގެ ބާރުމިނުގައި އައްޑޫ ސިޓީއާއި 492 ކިލޯމީޓަރު ދުރުން ކަމަށެވެ.