ބީޓީއެސް އިން ނެރުނު ފުރަތަމަ އިނގިރޭސި ލަވަ، "ޑައިނަމައިޓް" ވަނީ ބިލްބޯޑް 100 ސިންގަލްސް ޗާޓުގެ ކުރިއަށް އަރާފަ އެވެ.
އެ ބޭންޑުގެ ހަތް މެމްބަރުންގެ ތެރެއިން ޖިމިން ބުނީ "ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ އަންނަމުން ދިޔަ" ކަމަށާއި، "ބުނާނެ އެއްޗެއް ވެސް ނޭނގޭ" ކަމަށެވެ.
އެހެން މެމްބަރެއް ކަމަށްވާ ސޫގާ ވަނީ ރޮވޭ އިމޯޖީތަކެއް ޕޯސްޓުކޮށްފަ އެވެ. ހަތް މެމްބަރުން ހިމެނޭ ބީޓީއެސް އިން ވަނީ އެމީހުންގެ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.
"ޑައިނަމައިޓް" ނެރުނު ފުރަތަމަ ހަފްތާގައު އެމެރިކާގައި 33.9 މިލިއަން ފަހަރު އެ ވީޑިއޯ ވަނީ ސްޓްރީމްކޮށްފަ އެވެ. އަދި ބިލްބޯޑް ހޮޓް 100 ގެ އެއްވަނައަށް ވެސް އެރި އެވެ.
ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވެސް ވަނީ ބީޓީއެސް އަށް މަރުހަބާ ދަންނަވާފަ އެވެ.