ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފުލުހުން
އައްޑޫ ޕޮލިސް ޓްރޭނިން ސްކޫލާ ގުޅިގެން ޝާހިދުގެ ހޫނު ރައްދެއް އިދިކޮޅަށް!
އެއްބަސްވުމުގައި ފުރަތަމަ ސޮއި ކުރީ ޑރ. ޖަމީލް، ދެން އުމަރު
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމުކުރާ ޕޮލިސް ޓްރޭނިން ސްކޫލާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނުސީދާ ރައްދެއް ދެއްވައިފި އެވެ.

އައްޑުގައި ގާއިމު ކުރާ ޕޮލިސް ޓްރޭނިން ސްކޫލާއި ގުޅޭގޮތުން އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެތަނާއި މިސަރުކާރާއި ގުޅުވާ ނުހަނު ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެތަނަށް އިންޑިއާގެ ނުފޫޒު ފޯރުވާނެ ކަމަށްވެސް ތުހުމަތު ކުރެ އެވެ. 

ދ. ވާނީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގެ ފޭސް ދޭއް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އައްޑުގައި ގާއިމުގެ ކުރާ ޕޮލިސް ޓްރޭނިން ސްކޫލަކީވެސް އިންޑިއާގެ ވަރަށް ބޮޑު އެހީއެއް ލިބިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ފައްޓާފައިވަނީ 2012 ވަނަ އަހަރުން ފެށިގެން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީ ކުރާ ޕޮލިސް ޓްރޭނިން ސްކޫލުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އޭރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

އެންމެ ފުރަތަމަ އެ ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައި އޮތީ ޅ. ދިއްފުށިމާދޫ ގައިކަން ފާހަގަކޮށް މިނިސްޓަރު ޝާހިދު ވިދާޅުވީ އޭގެ ފަހުން އެ ޕްރޮޖެކްޓަށް އެކި ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެގޮތުން އޭގެ ފަހުން އެ ޕްރޮޖެކްޓް 2014 ވަނަ އަހަރު ލ. އަތޮޅަށް ބަދަލުކުރެއްވި ކަމަށާއި އަދި އޭގެ ފަހުން އައްޑު އަތޮޅަށް އެ ޕްރޮޖެކްޓް ބަދަލުކުރި ކަމަށެވެ. 

އައްޑު އަތޮޅަށް އެ ޕްރޮޖެކްތް ބަދަލުކުރުމުގައި އައްޑުގެ ކައުންސިލާއި މަޝްވަރާ ކުރި ކަމަށާއި، އަދި އޭރު އެ މަޝްވަރާ ތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

"އައްޑު އަތޮޅަށް މި ޕްރޮޖެކްޓް ބަދަލުކުރައްވާ އައްޑު އަތޮޅުގައި މިހާރު އެ ގާއިމު ކުރެވެމުންދާ މަރުކަޒު ގާއިމުކުރެވޭ ބިން ކަނޑައެޅުމާ މިކަންކަމުގައި އެމަނިކުފާނު (އުމަރު ނަސީރު) އިސްކޮށް ހުންނަވާ އެ މަސައްކަތް ފައްޓަވާފައިވަނީ."

މިނިސްޓަރު ޝާހިދު ވިދާޅުވީ މި ސަރުކާރުން ކަންކަން ދިގުދަންމާ ލަސްކުރުމަށް ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތަށް އިތުރު ހަލުވި ކަމެއް ގެނެސްފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތު ވުން ހުރިނަމަވެސް ކަމެއްގައި އުޅެފައިވާ ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރަންޖެހޭނެ ކަމަށާއި، އެހެން ކަމުން ކުރީގެ ހޯމް މިނިސްޓަރުން ކަމުގައިވާ ޑ.ރ ޖަމީލާއި އުމަރު ނަސީރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް