ads
އުމަރު ނަސީރު--
ޕޮލިސް ޓްރޭނިން ސްކޫލްގެ އެއްބަސްވުމަށް އިތުރު ކުރި ނުކުތާތައް އިނގިލައްވާނީ ޝާހިދަށް!
އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމުކުރާ ޕޮލިސް ޓްރޭނިން ސްކޫލުގެ އެއްބަސްވުމަށް އިތުރު ކުރެވުނު ނުކުތާތައް އިނގިލައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވަނީ ޕޮލިސް ޓްރޭނިން ސްކޫލް އައްޑޫއަށް ބަދަލުކުރުމަށް ނިންމެވީ އުމަރު ކަމަށް މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ. 

އުމަރު މިއަދު އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ އައްޑޫގައި ޕޮލިސް ޓްރޭނިން ސްކޫލް ގާއިމުކުރުމަށް ނިންމީ އޭނާ ކަމަށާއި، އަދި އެކަން އެގޮތަށް ކުރުމަށް ނިންމީ އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅަށް ވެފައި ވަޒީފާގެ ފުރުސަތުތައް މަދު ސަރަހައްދަކަށް ވުމުން ކަމަށެވެ. 

"މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަނޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް. ނަމަވެސް ޑިޒައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް."

މީގެ އިތުރުން އުމަރު ވިދާޅުވީ އޭނާ ސޮއި ކުރީ ހިލޭއެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް ކަމަށާއި،  މި ސަރުކާރު އައިފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރު ޝާހިދަށް ކަމަށެވެ. 

"ތިޔަ މަރުކަޒު ބަލާލަން މީޑިޔާތަކަށް ދައުވަތު ދެއްވާ، އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން ތި މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި އެގްރީމެންޓް އަށް ބައެއް އިތުރު ކުރެވިފަވާނަމަ އެބައި ހާމަކޮށް ދެއްވުމަށް ވެސް ދަންނަވަން."

އުމަރު ވިދާޅުވީ، ފެންނަނީ އިންޑިއާ ސިފައިން އައިސް ގޮސް އުޅޭ މަންޒަރު ކަމަށާއި، ހެލިކޮޕްޓަރެއް ހަދިޔާ ކުރަން އައި މީހުނަށް އަށް އަހަރު ވީއިރުވެސް ނުފުރިގެން އުޅޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް