ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި މެމްބަރު ސައުދު ވިދާޅުވީ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް އިއްޔެ ތިނަދޫ އިން މީހަކު ގެންދިޔައީ އެމީހާއަކީ ހައި ރިސްކް މީހަކަށްވާތީ ކަމަށާއި އެރަށުގައި އެމީހާއާ ދެކޮޅަށް އެއްވެސް ހާލެއްގައި އިހުތިޖާޖު ނުކުރާ ކަމަށެވެ.
އޭގެ އިތުރުން، ސައުދު ވިދާޅުވީ އެތަނުގައި ލޯންޗެއް އޮތްއިރު ފުލުހުން ވެސް ތިބި ކަމަށާއި އެހާ ގިނައިރު ވަންދެން މަންޒަރު ބަލަން ވިލިނގިލީ ރައްޔިތުން ވެސް ނުތިބޭނެ ކަމަށެވެ. އެގޮތުން ޖެހުނު މައްސަލައަކީ ކައުންސިލާއި ރައްޔިތުންގެ މެދުގައި އުފެދުނު ނުތަނަސްކަމެއްގައި ރައްޔިތުން ނުރުހުން ފާޅުކުރީ ކައުންސިލަށް ކަމަށެވެ.
ސައުދު އެގޮތަށް ވިދާޅުވި ނަމަވެސް އިއްޔެ ފުލުހުން ވަނީ އެރަށުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު ރަށަށް އެރުވުމާއި ދެކޮޅަށް ރައްޔިތުންގެ ބަޔަކު އިހުތިޖާޖުކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށް ވިދާޅުވެފަ އެވެ.
ތިނަދޫ އިން ގެންދިޔަ ބަލި މީހާ އެންމެ ފަހުން އަނބުރާ އެރަށަށް ގެންދިއުމަށް ފަހު އިއްޔެ ވަނީ މާލެއަށް ގެނެސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;