އެމްޓީސީސީ އިން ބުނީ މަރަދޫފޭދޫ ނަރުދަމާ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ޖެޓިން މެޝިންގެ ކްލިއަރެންސް ނިންމާ އައްޑޫ ސިޓީއަށް ގެންދިއުމަށް މިހާރު ވަނީ ތައްޔާރުވެފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފުތާގެ ތެރޭގައި މި މަޝްރޫއުގެ ޕާޝަލް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަށް ތާވަލުކުރެވިފައި ވާއިރު އެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.
މިހާރު ކުރިއަށްދަނީ އައުޓްފޯލް ރެކްޓިފިކޭޝަން މަސައްކަތް ކަމަށް ވެސް އެމްޓީސީސީއިން ބުނެއެވެ. އެ މަޝްރޫއުއަކީ 124.18 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މި އަންނަ އަހަރުގެ ޖެނުއަރީ އަށެވެ.