ads
ބިލު ނުދެއްކިގެން ދަރިފުޅު ހޮސްޕިޓަލަށް ވިއްކާލަން ޖެހިއްޖެ
އިންޑިއާގެ ދެމަފިރިއަކަށް ހޮސްޕިޓަލުގެ ބިލު ނުދެއްކިގެން ދަރިފުޅު ވިއްކާލަން ޖެހިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އިންޑިއާގެ އާގްރާގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހެދި އަންހެނަކަށް ހޮސްޕިޓަލުގެ ބިލު ނުދެއްކިގެން ޖެހުނީ އެމީހުންގެ ދަރިފުޅު ހޮސްޕިޓަލަށް ވިއްކާލާށެވެ.

އެގޮތުން ޝިވް ޗަރަން އާއި ބަބިތާ ނަމަކަށް ކިޔާ ދެމަފިރިން ހޮސްޕިޓަލުގެ ބިލަށް 35000 ރުޕީސް ދައްްކަން ޖެހުނެވެ. އަދި ލިބުނު ފިރިހެން ދަރިފުޅު ހޮސްޕިޓަލުން ގަތީ އެއް ލައްކަ ރުޕީސް އަށެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު ސީމާ ގުޕްތާ ބުނާ ގޮތުގައި ނަމަ، ދަރިފުޅު އެޑޮޕްޝަނަށް ދިނީ އެވެ. އަދި ދެމަފިރިން ވަނީ އެކަމުގެ ލިޔެކިޔުންތަކުގައި ވެސް ސޮއި ކޮށްފަ އެވެ.

އެ ދެމަފިރިންގެ ފަސް ދަރިން މިހާރު ވެސް އެބަ ތިއްބެވެ.   އެ ކުދިންގެ ބައްޕައަކީ ރިކްޝާ ދުއްވައިގެން އާމްދަނީ ހޯދަމުން އަންނަ މީހެއްް ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100 ރުޕީސް ވެސް ނުލިބެ އެވެ. 

އަދި އެމީހުންގެ އެންމެ ދޮށީ ދަރިފުޅު މަސައްކަތް ކުރަމުން އަންނަނީ ބޫޓު ފެކްޓްރީއެއްގަ އެވެ. އެކަމަކު ކޮވިޑާއި ގުޅިގެން އެކުއްޖާއަށް ވެސް އާމްދަނީ ނުލިބެ އެވެ.

ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހުނުއިރު އަތުގައި ފައިސާ ނެތުމުން ދަރިފުޅު ނަގާފައިވާއިރު ބަބީތާ އޭނާގެ ދަރިފުޅު ބޭނުންވެ އެވެ. 

އެކަމަކު އެޑޮޕްޝަނަށް ނެގުމަށް ލިޔެކިޔުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާއިރު އެދެމަފިރިން ބުނާ ގޮތުގައި އެމީހުންނަށް ލިޔެ ކިޔާކަަށް ނޭނގެ އެވެ. 

އެކަން ހިނގާދިޔަ ގޮތް މިހާރު ބަލަަމުން އަންނައިރު ކުޑަކުދިން ޓްރެފިކްކުރުމުގެ މައްސަލަ ވެސް އެ ގައުމުގައި ބޮޑެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް