ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
މިދިޔަ އަހަރުގެ ޖުލައިމަހާއި އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ ދަށްވެއްޖެ
މިދިޔަ އަހަރުގެ ޖުލައިމަހާއި އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ 74 އިންސައްތަ ދަށްވެއްޖެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބިފައިވާ އެހީ ނުލާ 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާ އިރު މި އަހަރުގެ ޖުލައި މަހު 1.9 ބިލިއަން ރުފިޔާގެ އާމްދަނީ ވަނީ ދަށްވެފައެވެ.

އެމްއެމްއޭއިން ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ އިން 1.6 ބިލިއަން ރުފިޔާ ވަނީ ދަށްވެފައިކަމަށާއި ޓެކްސް ނޫން ގޮތުގައި ލިބެން ޖެހޭ އާމްދަނީން 326.5 މިލިއަން ރުފިޔާ ދަށްވެފައިވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބަތަކުން ދައްކައެވެ.

ޖުލައި މަހުގެ ހަރަދުތަކަށް ބަލާއިރު، ދައުލަތުން ދައްކަންޖެހޭ ދަރަނި ނުލާ 158.2 މިލިއަން ރުފިޔާ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަރަދުވިއިރު އެއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ހަތް އިންސައްތައިގެ އިތުރުވުކެވެ. 

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދައުލަތުގެ ހަރަދުތައް ވަނީ ޖުމްލަ ގޮތެއްގައި ދަށްވެފައެވެ. އެގޮތުން ޖެނުއަރީ މަހުން ޖުލައި މަހާ ހަމައަށް ޖުމްލަ 47 އިންސައްތަ އާމްދަނީން ދަށްވެފައިވާކަމަށް ތަފާސް ހިސާބްތަކުން ދައްކައެވެ

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނިތައް، ގެރެންޓީ ދީފައިވާ ދަރަނިތައް ނުހިމަނައި 55.8 ބިލިއަނަށް އަރައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް