ކޮވިޑުގެ ސަބަބުން ފަގީރުވެ ފިލިޕީންސްގެ އާއްމުން ބާޓާ ސިސްޓަމަށް އުޅެން ފަށައިފި
02 ސެޕްޓެމްބަރ 2020 - 16:16:03
ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ފިލިޕީންސްގެ އާއްމުންގެ އަތްމަތި ދަތިވެ، ބާޓާ ސިސްޓަމަށް އުޅެން ފަށައިފި އެވެ.
އެ ގައުމުގައި އާއްމުންގެ ގިނަ ބަޔަކު ދަނީ ފައިސާ ނެތުމުން އަތުގައި ހުރި މުދާ އެހެން ތަކެއްޗާ ބަދަލުކުރަން ފަށާފަ އެވެ. އެކަމަށް ހާއްސަ ފޭސްބުކް ޕޭޖުތައް ވެސް އެގައުމުގައި މިހާރު އެބަ ހުއްޓެވެ.
އެގޮތަށް ގިނަ މީހުން ތަކެތި ބަދަލު ކުރަނީ ކާބޯތަކެތި ހޯދުމުގެ ބޭނުމުގަ އެވެ. ބަދިގޭ ސާމާނާއި، ކުޅޭ ތަކެތި އަދި އަގުބޮޑެތި ދަބަސް ފަދަ ތަކެތި ވެސް އެމީހުން ދަނީ ބާޓާ ކުރަމުންނެވެ.
އޭއެފްޕީން ރިޕޯޓު ކުރާ ގޮތުގައި ބާޓާ ސިސްޓަމަށް އުޅޭ މީހުން ބައިވެރިވާ 98 ގްރޫޕް މިހާރު ވެސް ފިލިޕީންސް ގައި ދަނީ ހިންގަމުންނެވެ.
އެ ގްރޫޕްތަކުގައި ދެ މިލިއަނަށް ވުރެ ގިނަ މެމްބަރުން ހިމެނޭއިރު، އެމީހުން އެންމެ ގިނައިން ތަކެތި ބާޓާ ކުރަނީ ކާބޯތަކެތި ހޯދުމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް