އެ ފިލްމުގައި އެތްލީޓެއްގެ ރޯލުން އޭނާ ފެންނައިރު، އެކަމަށް ހަށިގަނޑު ތައްޔާރު ކުރުމަށް އަޔުޝްމަން މިހާރު ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އަބީޝޭކް ކަޕޫރު ޑައިރެކްޓު ކުރާ ލޯބީގެ އެ ފިލްމަށް ތައްޔާރުވަމުންދާކަން އަޔުޝްމަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.
އެގޮތުން ތަމްރީނުތައް ކުރަމުން ދަނީ އޭނާގެ ޓްރެއިނަރު ރާކޭޝް އުދިޔާރް އާއެކު ކަމަށް އިންސްޓަގްރާމް ސްޓޯރީގައި ވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ދުވަސްވަރު އަޔުޝްމަންގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ނުކުރަނީ އެ ރޯލަށް ތައްޔާރުވުމަށް ހަށިގަނޑަށް ގެންނަ ބޮޑު ބަދަލަކީ ފޭނުންނަށް ސަޕްރައިޒަކަށް ހެދުމުގެ ބޭނުމުގަ އެވެ.
ފިލްމުގެ ނަން ވެސް އަދި ހާމަކޮށްފައި ނުވާއިރު، އަޔުޝްމަން އާއެކު ފިލްމުގެ ބަތަލާއެއްގެ ގޮތުގައި އުޅޭނީ ވާނީ ކަޕޫރެވެ.