މެޓް އޮފީހުން ވަނީ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ސެޕްޓެމްބަރު ތިން ވަނަ ދުވަހުގެ ހެނދުނު 08:00 އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުނު މިންވަރު ހާމަކޮށްފައެވެ.
އެގޮތުން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 87.8 މިލިލީޓަރެވެ.
ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ. ފުނަދޫއަށް 55.4 މިލިލީޓަރުގެ ވާރޭ އެވެ. އަދި ހއ. ކެލާއަށް 50.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ފޮޓޯ: މެޓް އޮފީސް
މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސްދުވަސް ވަރަކަށް ވުމުން ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.