ކޮވިޑް-19 އާ ގުޅިގެން އެޗްޑީއެފްސީން ލޯނުތަކަށް ދިން މޮރިޓޯރިއަމް ހަމަވުމާއެކު މި މަހުން ފެށިގެން ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެހެން ބޭންކުތަކާ އެއް ގޮތަށް އެޗްޑީއެފްސީން ވެސް އޮތީ ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފަ އެވެ. މާޗް މަހު ދިން އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ގެދޮރު އިމާރާތް ކުރުމާއި ގަތުމަށް ހާއްސަ ލޯނު ދޫކުރަން ސަރުކާރުން 2014 ގައި އުފެއްދި އެޗްޑީއެފްސީން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު ނުކުރި ނަމަވެސް ބައެއް އެހެން ބޭންކުތަކުން ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
އެގޮތުން ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ބޭންކުން ވެސް ވަނީ ކޮވިޑް-19 އާ ގުޅިގެން ދިން މޮރިޓޯރިއަމް ދިގުދަންމާލާފަ އެވެ.