ފުލުހުން ބުނެފައިވަނީ، ކ. ގުރައިދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ހޯމް ކަރަންޓިން ގަވައިދާއި ހިލާފުވުމުން 2500 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާކަމަށެވެ. އެގޮތުން ޖުރިމަނާކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ، މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވައިދަށް ފުރަތަމަ އިސްލާހް ގެނެވި އެގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިގޮތަށް ޖުރިމަނާކުރި ފުރަތަމަ މީހާ ކަމަށެވެ.
ފުލުހުން ވަނީ ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ގަވައިދުތަކަށް ހުރިމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައެވެ.