ads
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ--
ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފަށަނީ
ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ރަޝިއާ ސަރުކާރުގެ ބަޔާނެއްގައި ބުނީ އެކަމަށް ހުއްދަ ދީ ލިޔުމެއްގައި ބޮޑު ވަޒީރު މިކައިލް މިޝުސްތިން ސޮއި ކުރައްވާފައިވާ ކަމަށެވެ. 

އެގޮތުން ކޮންމެ ހަފްތާއަކު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދެ ދަތުރު ކުރާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. 

ރާއްޖޭގެ އިތުރުން ޑުބާއީ އަދި މިސްރަށް ވެސް ދަތުރުތައް ފަށަން ވަނީ ހުއްދަ ދީފަ އެވެ. 

އެ ބަޔާނުގައި ބުނެފައި ވަނީ މި ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ ކޮވިޑް-19 ގެ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށެވެ. 

ރަޝިއާއިން ކުރާ ބައިނަލްއަގްވާމީ ދަތުރުތަކަށް ބުރޫ އަރާފައި ވަނީ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ބާއްވާފައި ވަނީ ހަމައެކަނި ރިޕެޓްރިއޭޝަން ފްލައިޓުތަކެވެ. 

ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަ ދީފައި ވާއިރު، މިދިޔަ މަހު ވަނީ އިނގިރޭސިވިލާތް، ޓެންޒޭނިއާ، ތުރުކީ އަދި ސްވިޒަލޭންޑަށް ވެސް ދަތުރު ފަށާފަ އެވެ. 

ރަޝިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މާކެޓެކެވެ. ދަތުރުތައް އަލުން ފެށުމުން ބަލިކަށިވެފައިވާ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް