ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 141 މީހުންގެ ތެރެއިން 137 މީހަކު ޕޮޒިޓިވްވީ މާލެއިން ކަމަށެވެ. އަދި ހަތް މީހަކު މިއަދު އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވިއިރު އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8,281 އަށް އަރާފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެގޮތުން 98 ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވިއިރު ރާއްޖެއިން ބޭރުގެ 43 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާރު ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު 5482 އަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2763 ގަ އެވެ.