ads
މަރިޔަމް ޝަފީގް--
ބޭރުން މީހުން ގެނައުމުގައި އާސަންދައިން ބޮޑެތި ގޯސްތަކެއް ހަދާފައިވޭ: އޮޑިޓް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބ ރުގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް ފައިސާގެ އެހީ ދިނުމުގައި އާސަންދަ ކުންފުނިން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާސަންދަ ކުންފުނިން ކޮވިޑާއި ގުޅިގެން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓް މިއަދު އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އަމިއްލަ ގޮތުންނާއި، އެންސްޕާ އަދި އާސަންދައިގެ ދަށުން ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން އަނބުރާ ރާއްޖެ ނާދެވިފައިވާ ފަރާތްތަކަށް، ފައިސާގެ އެހީ ދިނުމަށް އެންސްޕާ އަދި އާސަންދައިގެ ފަރާތުން ވަނީ ބަލި މީހުންގެ ތެރެއިން 191 މީހަކަށް 2،307،883 ރުފިޔާދީފަ އެވެ. 

އަދި ބަލި މީހުންގެ އެހީތެރިންނާއި އާއިލާގެ 227 މީހަކަށް 2،077،،830 ދީފައިވާއިރު ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އަދި ސްރީލަންކާގައި ރާއްޖެ ނާދެވިތިބި އާސަންދަ ޕޭޝަންޓުން އަނބުރާ ރާއްޖެ ގެނައުމަށް އައިލެންޑް އޭވިއޭޝަނަށް ދެއްކި އެޑްވާންސް ފައިސާގެ އަދަދު އުޅެނީ ތިން ލައްކަ ރުފިޔާގަ އެވެ. 

ޖެނުއަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް، ކޮވިޑް-19 އާ ގުޅިގެން، ރާއްޖެ ނާދެވި އިންޑިއާ އަދި ސްރީލަންކާގައި ބޭސް ފަރުވާއަށް ގޮސްތިބި ދިވެހިންނަށް، ފައިސާގެ އެހީ ދިނުމަށް އެންސްޕާ އިން އާސަންދަ ކުންފުންޏަށް ދޫކޮށްފައިވާ 3،815،121 ރުފިޔާގެ ތެރެއިން 103،251 ހަރަދުކޮށްފައި ނުވާކަން ވެސް ފާހަގަކުރެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދިނުމަށް ފޮރިން މިނިސްޓްރީ އަދި އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވަނީ، ފައިސާގެ އެހީ ފޯރުކޮށްދެވޭނީ 21 މާޗު 2020 ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ފަރާތްތަކަށް ކަމަށާއި. އަދި އެ އެހީ ދޭނީ 21 މާޗު އިން ފެށިގެން ނުވަތަ އޭގެ ފަހުގެ ތާރީހެއްގައި ރާއްޖެ އައުމަށް ޓިކެޓު ނަގާފައިވާ ދުވަހުން ފެށިގެން، އެ ފަރާތަކުން ގޮސްފައިވާ ގައުމުތަކުގެ ސްޓޭޓަކަށް ކަނޑައަޅާފައިވާ ރޭޓުން ކަަމަށެވެ. އެގޮތަށް އެކަން އޮތުމުން 21 ގެ ކުރިން ރާއްޖެއަށް އައުމަށް ޓިކެޓް ނެގިޔަސް ފައިސާ ދޭން ފަށާނީ 21 ގަ އެވެ. 

އެކަމަކު އެޑިޓު ރިޕޯޓުގައި ވަނީ ބައެއް ފަރާތްތައް އެނބުރި ރާއްޖެ އައުމަށް ނަގާފައިވާ ޓިކެޓުގެ ކޮޕީ އެންސްޕާ އިން ހޯދާފައި ނުވުމުން، އެ ފަރާތްތަކަށް ފައިސާގެ އެހީ ދޭން ފަށަންޖެހޭ ތާރީހު އެނގެން ނެތް ކަމަށެވެ.

އެގޮތުން ޓިކެޓުގެ ކޮޕީ ހޯދުމަކާނުލައި 30 ޖޫން 2020 ގެ ނިޔަލަށް 26 ފަރާތަކަށް ޖުމުލަ، 157،284 ރުފިޔާ، އެންސްޕާ އިން ހަރަދު ކޮށްފައިވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން، ފައިސާގެ އެހީ ދީފައިވާ ފަރާތްތަކަކީ ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކެއްކަން އަދި ފައިސާގެ އެހީ ދީފައިވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރުކުރެވެން ނެތް ކަމަށް އެ ރިޕޯޓުގައި ބުނެ އެވެ. އަދި ސްޓޭޓްތަކަށް ކަނޑައަޅާފައިވާ ރޭޓު ނޫން ރޭޓްތަކުން ފައިސާ ދޫކޮށްފައިވާކަން ފާހަގަކުރެ އެވެ. 

އެ ރިޕޯޓުގައި އިތުރަށް ބުނީ އާސަންދަ ކުންފުނިން ފައިސާގެ އެހީ ދީފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް، ރާއްޖެ އެނބުރި އައުމަށް ޓިކެޓް ނަގާފައިވާ ތާރީހުގެ ކުރިއަށް ފައިސާގެ އެހީ ދީފައިވާކަން ފާހަގަކުރެވޭ ކަމަށާއިއެގޮތުން އޮޑިޓުގައި ސާމްޕަލް އުސޫލުން ބެލިބެލުމުން، 30 ޖޫން 2020 ގެ ނިޔަލަށް 3 ފަރާތަކަށް ޖުމުލަ 116،807 ރުފިޔާ އިތުރަށް ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުން ކުރަން ނުޖެހޭ ހަރަދެއް ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް