ads
ފިނޭންސް މިނިސްޓްރީ--
އިންކަމް ސަޕޯޓް އެލަވަންސްދޫކުރީ ރަނގަޅަށް: އޮޑިޓް
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ދެމުންދާ، އިންކަމް ސަޕޯޓް އެލަވަންސް ދީފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް 2506 ފަރާތަކަށް، ޖުމްލަ 10،049،378 ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ކަަމަށެވެ. 

އެއީ ވަަޒީފާ އަދާ ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް 2042 ފަރާތަކަށް 7،787،447 ރުފިޔާ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2،261،931 ރުފިޔާ އެވެ. 

"ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމާގުޅޭ އުސޫލު" ގެ 5 ވަނަ މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން އިންކަމް ސަޕޯޓު އެލަވަންސް ދެނީ ވަޒީފާއިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުން ނުވަތަ މުސާރަ ނުލިބ ގޮތަށް ޗުއްޓީ ނޯޕޭ ލީވަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާނަމަ އެވެ. 

އޭގެ އިތުރުން، 5 ވަނަ މާއްދާގެ (ށ) ގައި "ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތެއް" ކަމަށް ބުނެފައިވަނީ، ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮވެގެން ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ނަމަވެސް، 1 މާޗު 2020 ގައި، އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާއެއްގައި ހުރި ކޮންމެ ފަރާތަކާއި ޕްރޮބޭޝަނުގައި ތިބި ފަރާތްތައް ވެސް ހިމެނޭނެކަމަށް ބަޔާން ކޮށްފައިވެ އެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން 20 މެއި 2020 އިން ފެށިގެން 30 ޖޫން 2020 ގެ ނިޔަލަށް ވަޒީފާގައި އުޅޭ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދޫކޮށްފައި ވަނީ "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް