ޖަރުމަނުގައި ކުޅުނު އެ މެޗުގައި ޖަރުމުން ކުރި ހޯދީ ދެވަނަ ހާފުގެ ކުރީކޮޅު އެވެ. ފަންސާސް އެއްވަނަ މިނެޓްގައި އެ ގޯލް ކާމިޔާބުކޮށްދީ ޖަރުމަނަށް ކުރި ހޯދައިދިނީ ޓިމޯ ވާނާ އެވެ.
އެ ނަތީޖާއާއި އެކު މެޗު ނިމެން ދަނިކޮށް ފަހު ވަގުތު ސްޕެއިންއަށް އެއްވަރުކޮށްދިނީ ގާޔާއެވެ. އެކެއް އެކަކުން އެއްވަރު ވެގެން މެޗު ނިމުނު ނަމަވެސް ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައިވެ އެވެ.