ads
ހިމަންޝް ކޯލީ--
ހިމާންޝް ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އެކްޓަރު ހިމާންޝް ކޯލީ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ހިމަންޝް ފިޔަވައި، އޭނާގެ އާއިލާގެ ހުރިހާ މެމްބަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭރު ބައްޔަށް ޓެސްޓްކޮށްގެން އޭނާ ނެގެޓިވް ނަމަވެސް ފަހުން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓްކުރިއިރު މިވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ހިމާންޝް ބުނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ރޭޓު އިތުރު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅެންވާނީ ވަރަށް ބަލައިގެން ކަމަށެވެ. އަދި އެންމެން ވެސް ވަރަށް ބަލައިގެން އުޅުމަށް އޭނާ އިލްތިމާސްކުރި އެވެ. 

ހިމާންޝް ވަނީ "ދިލް ޖޯ ނާ ކޭ ސަކާ" އާއި 'ޔާރިން' ފަދަ ބޮލީވުޑުގެ ފިލްމުތަކުގެ މަސައްކަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް