އިޓަލީގައި ކުޅުނު މި މެޗު އެކެއް އެކަކުން އެއްވަރުވުމާއި އެކު އިޓަލީއިން މޮޅުވަމުން އައި ސިލްސިލާ ހުއްޓުމަކަށް އައީއެވެ.
އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު އެގާރަ މެޗުން ވެސް މޮޅުވެފައެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ބޮސްނިއާއަށް ކުރި ހޯދައިދިނީ ދެވަނަ ހާފުގައި، އިޓަލީގެ ރޯމާއަށް ކުޅޭ އެޑިން ޒެކޯއެވެ.
އިޓަލީން އެއްވަރު ކުރީ އޭގެ ދިހަވަރަކަށް މިނިޓް ފަހުންނެވެ. އެއްވަރު ކުރި ގޯލް ޖަހައިދިނީ ސްޓެފާނޯ ސެންސީއެވެ.