ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް ރިއެލިޓީ ޝޯއިން މަގްބޫލުކަން ހޯދި 39 އަހަރުގެ ކިމް ވަނީ އޭނާ އާއި ފިރިމީހާ ކާންޔޭ ވެސްޓުގެ ގެ، ކޭކޭޑަބްލިއު ހޯމްގެ ނަމުން މަސައްކަތް ފަށާފަ އެވެ.
އެގޮތުން ހޯމް ޑެކޯ ތަކެތީގެ ތެރޭގައި ގޭގައި ގެންގުޅޭ އެކި ސާމާނު ހިމެނެ އެވެ. މި ތަކެތި ވިއްކާނީ ރީޓެއިލް ފިހާރަތަކުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕީޕަލް މެގެޒިން އިން ބުނާ ގޮތުގައި ކޭކޭޑަބްލިއު ހޯމުގެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހަދިޔާ އާއި، މާޗަންޑައިޒް، ބާތް އަދި ޝަވާ ސާމާނު، ބެޑްރޫމް ސާމާނު އަދި ގޭތެރެއަށް ބޭނުންވާ އެހެން ތަކެތި ހިމެނެ އެވެ.
މި ވިޔަފާރި ފެށިކަން ކިމް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. މިހާރު ވެސް އޭނާ ދަނީ ކޭކޭޑަބްލިއު ބިޔުޓީ އަދި ސްކިމްސްގެ ނަމުގައި ވިޔަފާރިތައް ހިންގަމުންނެވެ.