ޕޯޗުގަލްގައި ކުޅުނު މި މެޗުގައި ހޯމް ޓީމަށް ފުރަތަމަ ކުރި ހޯދައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅު ޑިފެންޑަރު ޖޮއާއޯ ކަންސެލޯއެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލްގެ ލީޑު ބޮޑުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.
އޭގެ ފަހުން ޒުވާން ކުޅުންތެރިޔާ ޔާއޯ ފެލިކްސްގެ ގޯލާއި އެކު ތިނެއް ސުމެއްގެ ނަތީޖާއެއްގައި އޮއްވާ ކްރޮއޭޝިއާއަށް ސުން ކަނޑުވާލަ ދިނީ ބްރޫނޯ ޕެޓްކޮވިޗް އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ޕޯޗުގަލްގެ ހަތަރުވަނަ ގޯލް ޖެހީ އަންދްރޭ ސިލްވާއެވެ.
ރޭގެ މި މެޗުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭ އިރު، ކްރޮއޭޝިޔާގެ ކެޕްޓަން ލޫކާ މޮޑްރިޗްވެސް ނުކުޅެއެވެ.