ads
މުބާރާތުގެ ފުލް ޝެޑިއުލް މިއަދު އާއްމު ކުރާނެ--
އައިޕީއެލްގެ ފުލް ޝެޑިއުލް މިއަދު އިއުލާން ކުރަނީ
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއަ ލީގުގެ ފުލް ޝެޑިއުލް މިއަދު އިއުލާން ކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެފިއެވެ. މުބާރާތުގެ ފައިނަލް ޝެޑިއުލް މިއަދު މި އިއުލާން ކުރެވެނީ ކޮވިޑާއި ގުޅިގެން އެކި ފަހަރު މަތިން ޝެޑިއުލްއަށް ބަދަލު ގެންނަން ޖެހުމަށް ފަހުއެވެ.

މާރިޗު މަހު އިންޑިޔާގައި ފަށަން އޮތް މުބާރާތް މިހާރު ކުރިއަށް ގެންދާ ގޮތަށް އޮތީ ދުބާއީގައެވެ. މި މަހުގެ ނަވާރަވަނަ ދުވަހު މުބާރާތް ފަށަން ހަމަ ޖައްސާ، ބައެއް ޓީމުތައް ދުބާއީގައި ޕްރެކްޓިސްތައްވެސް ފެށިފަހުން ކޮވިޑުގެ ހިޔަނި އަނެއްކާވެސް މުބާރާތައް އެޅި، މުބާރާތުގެ ތާރީޚުތައް އަނެއްކާވެސް ބަދަލުކުރަން ޖެހިދާނެ ކަމަށް ބެލެވުނެވެ. އެހެންނަމަވެސް މިހާރު އޮތް ގޮތުން މި މަހުގެ ނަވާރަ ވަނަ ދުވަހު މުބާރާތް ފަށައި، ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހު ފައިނަލް މެޗު ކުޅޭނެއެވެ.

މުބާރާތުގެ އާއްމު ގަވައިދު އޮންނަ ގޮތުން މުބާރާތް ފަށާނީ އެންމެ ފަހުގެ ޗެމްޕިއަނުންނާއި ރަނަރަޕެވެ. މި ގޮތުގެ މަތިން، މިދިޔަ އަހަރުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސްއާއި ޗެންނާއި ސުޕަރކިންގްސްގެ މެޗުން މުބާރާތް ފަށަން ރާވާފައިވަނިކޮށް ޗެންނާއި ސުޕަރކިންގްސްގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޕޮސިޓީވްވެ، އެ ޓީމުގެ ކޭމްޕު މެދު ކަނޑާލަން ޖެހުނީއެވެ. އެހެންނަމަވެސް އެ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކި ފަހަރު މަތިން މުބާރާތް ފެށުން ލަސް ކުރުމަށް ފަހު، އެންމެ ފަހުނދުބާއީގައި މި އަހަރުގެ އައިޕީއެލް ބޭއްވުމަށް ޕްރިމިއަ ލީގު ގަވަނިން ކައުންސިލުން ނިންމީ ކޮވިޑާ ގުޅިގެން އިންޑިޔާގައި މި މުބާރާތް ބޭއްވޭނެ އެއްވެސް ފުރުސަތެއް ނެތުމުންނެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ އޮތީ މާރިޗު މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު މުއްދަތެއް ނެތް ގޮތަށްވެސް ފަސް ކުރިއެވެ. އެންމެ ފަހުން ނިންމީ މިހާރު މި ރާވާފައި މިވާ ގޮތަށް އެކުވެރި އަރަބި އިމާރާތުގައި މުބާރާތް ކުރިއަށް ގެންދާށެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް