ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ، ރޭގެ ވަގުތެއްގައި ހުވަދޫ ސަރަހައްދީ ދާރުލް އާސާރަށް ވަގަށް ވަދެ އެތަނުގައި ހުރި ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ އެތަނަށް ވަދެފައިވަނީ ތަނަށްގެއްލުން ދީގެން ކަމަށެވެ. އަދި ވަގަށް ނަގާފައިވަނީ ދެ ސީޕީޔޫ އާއި އެއް އެކްސްޓާނަލް ހާޑާއި، ދެ ކީބޯޑްގެ އިތުރުން ދެ މައުސްގެ އިތުރުން މޮޑަމްއެއް ކަމަށެވެ. އަދި "ރަންދިހަފަހެއް" ނޫޓް ސީރީޒްގެ ޑިސްޕްލޭކޮށްފައިވާ ނަމޫނާވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އެ މައްސަލަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.