ads
ނަރުދޫ--
ވައިގަދަވެ ނަރުދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ވައިގަދަވެ ށ. ނަރުދޫއަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

އެރަށުގެ ކައުންސިލުގެ ރައީސް އަހުމަދު އާރިފް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ރޭގަދަވަޔާއެކު ކުރި ވިއްސާރައިގައި ވަނީ އެރަށުގެ އެންމެ ބޮޑު ދެގަސް މުލުން ލުހިގެން ވެއްޓި ފަސް ގެއަކަށް ގެއްލުންވެފަ އެވެ. 

އޭގެ އިތުރުން ވެސް ބައެއް ގެތަކުގެ ގަސްތައް ވެއްޓި ގޭގެއަށް ގެއްލުންވެފައިވާކަން ފާހަގަކުރައްވާ އާރިފް ވިދާޅުވީ އެންމެ ބޮޑަށް ގެއްލުން ލިބުނީ ގޭގޭގެ ފުރާޅާއި ފާރަށް ކަމަށެވެ. އެކަމަކު އެގޮތަށް ގެއްލުންވީ ކިތައް ގެއަށްކަން ސީދާ ބުނަން ނޭނގޭކަން ވެސް ފާހަގަކުރެއްވި އެވެ.

އަދި ރައްޔިތުންނާއި ކައުންސިލް ގުޅިގެން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވެއްޓިފައިވާ ގަސްތައް ނަގާއި މަގުތައް ސާފުކުރުމާއި ގެތަކަށް ލިބިފައިވާ ގެއްލުންތަކުން ސަލާމަތްކުރުން ކަމަށް ވެސް ވިދާޅުވި އެވެ. 

އާރިފް ވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ރައްޔިތުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް