ads
ވީއައިއޭގައި ޖައްސާފައިވާ އިންޑިގޯ ފްލައިޓް-- ފޮޓޯ: ވީއައިއޭ
އިންޑިގޯއިން ރާއްޖެ ދަތުރުތައް ފަށައިފި
އިންޑިއާގެ ބަޖެޓު އެއާލައިން، އިންޑިގޯއިން ރާއްޖެއަށް ދަތުރު ކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޑިގޯގެ ފްލައިޓު ޖެއްސުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ އެ އެއާލައިނަށް މަރުހަބާ ކިޔާފަ އެވެ. 

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު އިންޑިގޯ ފްލައިޓެއް ދެން ރާއްޖެއަށް ޖައްސާނެ އެވެ. މިއީ ކޮޗިން އިން ވީއައިއޭއަށް ކުރާ ދަތުރުތަކެކެވެ.

އޭގެ އިތުރުން އެއާ އިންޑިއާ އިން ވެސް ދަނީ ޓްރިވެންޑްރަމުން ރާއްޖެއަށް ކޮންމެ ހަފްތާއަކު ދަތުރެއް ކުރަމުންނެވެ. އަދި މޯލްޑިވިއަނުން ރާވާފައި ވަނީ މި މަހު 10 ގައި ޓްރިވެންޑްރަމް ދަތުރުތައް ފެށުމަށެވެ. 

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރި މާކެޓުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. އެހެންކަމުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުވުމާއެކު ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަންނަން ފަސޭހަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް