ސިފައިންގެ މައި މަރުކަޒަށް ވޭނެއް ވަންނަން އުޅުނު މައްސަލަ ބަލަނީ
02 ޑިސެމްބަރ 2019 - 12:06:37
ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް "ސީ ----" ބޯޑު ޖަހާފައިވާ ވޭނެއް ވަން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ތަޙުޤީޤް ކުރަމުންދާ ކަމަށް މޯލްޑިވުސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) އިން ހާމަކޮށްފިއެވެ.
ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް "ސީ" ބޯޑު ޖަހާފައިވާ ވޭނެއް ވަން މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް މޯލްޑިވުސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، މަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރު ދިން ކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްފައިވާ ހަބަރަކާ ގުޅިގެންނެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 18ވީ ހޯމަ ދުވަހުގެރޭ 9:00 ޖަހާއެހާއިރު ބަންޑާރަކޮށީގެ މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭނެއް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށެވެ.
ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެއް ކަމަށާއި ވޭނުގައި އިތުރު މީހަކު ނެތް ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިމައްސަލައާއި ގުޅިގެން ޝައްކުކުރެވޭ ފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެ ނަމަ، ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް އެކަމެއް ލަސްނުކޮށް އެންގުމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް