ads
އެ ކޮންޓްރެކްޓްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގްއެވެ. އަދި ހެވީ ފޯސް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒަމީރް--
ކޮލަމާފުއްޓާއި، ހޯޑެއްދޫގެ ބަނދަރުގެ ހެދުމަށް 119.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި
ގއ. ކޮލަމާފުއްޓާއި، ގދ. ހޯޑެއްދޫގެ ބަނދަރުގެ ސާވޭ، ޑިޒައިން އަދި އަލުން އެ ދެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް 119.6 މިލިއަން ރުފިޔާއަށް ހެވީ ފޯސް ޕްރައިވެޓް ލިިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހެވީ ފޯސް އާ ދެމެދުވި އެއްބަސްވުމުގެ ދަށުން ކޮލަމާފުށި ބަނދަރުގެ މަސައްކަތުގެ ތެރެއިން ބޭރުތޮށީގައި 548 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 550 މީޓަރުގެ އެއްގަމް ތޮށި ‏ލުމާއި ހަތަރު ނެރުބައްތި ހަރުކުރުން އަދި 28 ބަނދަރު ބައްތި ހަރުކުރުމާއި 2750 ސްކެއާމީޓަރުގެ ޕޭމެންޓް އެޅުމުގެ އިތުރުން 12 މޫރިންގް ބްލޮސް ލުން ހިމެނެއެވެ.

އަދި 66330 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 5750 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 404 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ގއ. ހޯޑެއްދޫ ބަނދަރުގައި 1485 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 310 މީޓަރުގެ އެއްގަމު ތޮށި ލުމާއި ހަތަރު ނެރުބައްތި އަދި 50 ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން 1550 މީޓަރުގެ ސްކެއާމީޓަރު ގެ ޕޭމެންޓް އެޅުމުގެ އިތުރުން އަށް މޫރިންގް ބްލޮސް ލުން ހިމެނެއެވެ.

އަދި 71590 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި 2250 ކިއުބިކް މީޓަރަށް ނެރު ފުންކުރުމުގެ އިތުރުން 652 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

ގާތްގަނޑަކަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ ޖުމުލަ އަގަކީ 119.6 މިލިޔަން ރުފިޔާއެވެ.     

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވިލޮޕްމެންޓް (‏އޮފިޑް) އިން 77 އިންސައްތަ ހަރަދުދޭ މި ދެ މަޝްރޫއުއަށް ދިވެހި ސަރުކާރުގެ ބަޖެޓުން ވެސް 23 އިންސައްތަ ހަރަދު ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝަނާ ފާރޫގްއެވެ. އަދި ހެވީ ފޯސް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒަމީރް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް