އަދި ޑޮކްޓަރުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ގޭގައި އައިސޮލޭޓްވެފައިވާ ކަމަށް އޭނަ ބުނެފައިވަނިކޮށް މިހާރު އޭނަގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު މަލައިކާ އަރޯރާ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް މިވަނީ ބުނަން ފަށާފައެވެ.
މިކަން ކަށަވަރު ކޮށްދެމުން މަލައިކާގެ ކޮއްކޮ ބުނެފައި ވަނީ މަލައިކާ މިހާރު ވަނީ އައިސޮލޭޓް ވެފައި ކަމަށާއި ސިއްހީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައިގެން ޑޮކްޓަރުންގެ އިރުޝާދުތަކާއި އެއްގޮތަށް ކަންތައް ކުރަމުންދާ ކަމަށެވެ.
ކަރަންޓީނުގެ މުއްދަތު މަލައިކާ ހަމަކުރަނީ ގޭގައި ކަމަށް ބުނެފައިވާއިރު އޭނާގެ ލޯބިވެރިޔާ އަރުޖުން ވެސް ކަަރަންޓީނުގެ މުއްދަތު ހަމަކުރާނީ ގޭގައި ކަމަށް ބުނެފައިވެ އެވެ.
އަރުޖުން ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޓް ވެފައިވާއިރު މީގެ ކުރިން އަރްޖުންގެ ބައްޕަގެ ގޭގައި މަސައްކަތް ކުރަމުން އައި ބަޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ބޮލީވުޑް ތަރިންގެ ތެރެއިން އަމީތާބު ބައްޗަން އާއި އައިޝްވާރިޔާ އަދި އަބީޝޭކް ފަދަ ތަރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.