އޭނާގެ ލައިފްސްޓައިލް އާއި ބޮލުން ފެށިގެން ތިރިއަށް ހެދުން އަޅާ ގޮތަށް ދާންދާން ފޮލޯކޮށް އެގޮތަށް އުޅޭ ފިރިހެނުން ބައިވަރެވެ.
ޝާހްރުކް ކައިރީ ދުވަހަކުވެސް ނުލާނެ އަދި ފޮލޯ ނުކުރާނެ ފެޝެން ޓްރެންޑަކީ ކޮބާތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ޝާހްރުކް ބުނެފައި ވަނީ މިހެންނެވެ.
ޒުވާނުން ސްކިނީ ޖިންސު ލުމުން ކުޑަކޮށް ޖަޖްމެންޓަލް ވެވޭކަމަށް ޝާހް ބުނެފައި ވެއެވެ. އަދި ފިރިހެނުންނާއި ގުޅޭ ފިރިހެން ވަންތަ އެއްޗަކީ ތަންކޮޅެއް ދޫކޮށް ހުންނަ ޖީންސް ކަމަށް އޭނަ ބުނެފައި ވެއެވެ.
މިއީ ގިނަ ފިރިހެނުންނަށް ގަބޫލްކުރަން ވަރަށް ދަތި ކަމަކަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް މިއީ މަޝްހޫރު އެކްޓަރު އަދި ފެޝަންގެ ދުނިޔޭގައި ގިނަ ބަޔަކު ފޮލޯކުރާ ޝާހް ދުވަހަކުވެސް ފޮލޯ ނުކުރާނެ އަދި އޭނައަށް އެންމެ ހަޑި ފެޝެން ޓްރެންޑެވެ.