ads
ޖޮކޮވިޗް--
އޮފިޝަލެއްގެ ގައިގާ ބޯޅައިން ޖަހައިގެން ޔޫއެސް އޯޕަންއިން ޖޮކޮވިޗް ޑިސްކޮލިފައި ކޮށްފި
އޮފިޝަލެއްގެ ގައިގާ ބޯޅައިން ޖަހައިގެން ޔޫއެސް އޯޕަންއިން ދުނިޔޭގެ އެއްވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖޮކޮވިޗް ޑިސްކޮލިފައި ކޮށްފިއެވެ. ޖޮކޮވިޗް ޑިސްކޮލިފައިކުރީ ރޭ ކުޅުނު މެޗެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައެވެ.
Advertisement

އަންހެން އޮފިޝަލެއްގެ ގައިގާ ބޯޅައިން ޖަހައިގެން ޔޫއެސް އޯޕަންއިން ދުނިޔޭގެ އެއްވަނައަށް ރޭންކް ކޮށްފައިވާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ޑިސްކޮލިފައި ކުރިއިރު، ޔޫއެސް އޯޕަންއަކީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެކެވެ. ސްޕެއިންގެ ޕަބްލޯ ކަރޭނޯއާ ދެކޮޅަށް ރޭ ކުޅުނު މި މެޗުގައި ޖޮކޮވިޗް ފަހަތަށް ޖެހި ބޯޅައެއް ވަނީ ލައިން ޖަޖަކަށް ހުރި އޮފިޝަލެއް ގައިގައި ޖެހިފައެވެ. 

your imageއަނިޔާވި އޮފިޝަލް ކައިރީގައި ޖޮކޮވިޗް

އެ ބޯޅައިން ޖެހި އެ އޮފިޝަލަށް އަނިޔާވެ ވެއްޓުމުން އެންމެ ފުރަތަމަ އެތަނަށް ދިޔައީވެސް ޖޮކޮވިޗެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ ވަގުތުން ގޮސް އެކަމަށް މާފަށް އެދިފައެވެ. އެހެން ނަމަވެސް މުބާރާތުގެ ގަވައިދު އޮންނަ ގޮތަށް ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައި އޮވެއެވެ.

ޖޮކޮވިޗް މި ސީޒަނުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ސައްބީސް މެޗު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މިއަހަރުގެ ކުރީކޮޅު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް