ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމު" ރޯޒްވުޑް ރަންފަރު ރިސޯޓުގައި، މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު އިފްތިތާހުކޮށްދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރިސޯޓު ތަރައްގީ ކުރަމުންދާއިރު، ސަރުކާރުގެ އިޔާދަކުރަނިވި ހަކައިގެ ސިޔާސަތުގެ ތެރެއިން އެ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްވެސް ރިސޯޓުން ވަނީ ނިންމާފަ އެވެ. އެގޮތުން އެ ރިސޯޓަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް، ރިސޯޓުގައި 6.5 މެގަވޯޓުގެ ސޯލާ ފާމެއް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.
މާލެ އަތޮޅު ފަޅެއް ހިއްކައިގެން ހަދާ ރަންފަރު ރިސޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެތަން ހުޅުވަނީ 2027 ވަނަ އަހަރު އެވެ.