ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު
ގިނަ ދަރިވަރުން ލޯނު އަނބުރާ ނުދައްކާ: ހައިދަރު
މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރާ ލޯނުގެ އެހީގައި ރާއްޖޭގައި ބޭރުގައި ކިޔެވުމަށްފަހު ސްޓޫޑަންޓް ލޯނު އަނބުރާ ގިނަ ދަރިވަރުން ނުދައްކާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ސްޓޫޑަންޓް ލޯނުގައި ކިޔެވުމަށްފަހު އެ ފައިސާ އަނބުރާ ދައްކަނީ 40 އިންސައްތަ ދަރިވަރިންކަމަށެވެ. 

އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ފާހަގަކުރައްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ ފައިސާ ހޯދުމަށް މިނިސްޓްރީން ކުރަން ޖެހޭ މަޝްވަރާތައްކޮށް، ވަރަށް އަވަހަށް އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. 

" މިއަހަރުގެ އޭޕްރީލްމަހާ ހަމައަށް 157 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވޭ. އަނބުރާ ދެއްކުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. ހަމައަށް ބަރާބަރަކަށް ނުދައްކާ." މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވިއެވެ.

ސްޓޫޑަންޓް ލޯނުގައި ކިޔަވަމުންދާ ދަރިވަރުން އެ ކުދިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ކިޔެވުމަށް ހުރަސްތައް އެޅުމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. އަދި މިނިސްޓްރީން އެ ކުދިން ޝަކުވާތަކަށް ޖަވާބު ނުދޭކަމަށްވެސް ގިނަ އަދަދެއްގެ ކުދިން އަންނަނީ ބުނަމުންނެވެ. 

ސްޓޫޑަންޓް ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯންތަކަކަށް ހެއްދެވުމަށް ރައީސް މުއިއްޒު ވަނީ ނިންމާފައެވެ. މި ބަދަލާއި އެކު ލޯނުގައި ހިމެނޭ އެޑްމިނިސްޓްރޭޓިވް ފީ އުނިކުރުމަށްވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް