އޭގެ އޮރިޖިނަލް ސީރީޒަށް ލިބުނު ކާމިޔާބަށް ފަހު ރީމޭކަށް ވެސް އެތައް ބަޔަކު ދިޔެއީ އިންތިޒާރު ކުރަމުންނެވެ. އެންމެ ބޮޑަށް ކުރެވުނީ ބަހުސަކީ އަނޫރާގް އާއި ޕްރޭނާގެ ރޯލަށް އަންނާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ.
އެންމެ ފަހުން އަނޫރާގްގެ ބަޔަށް ޕާތް ސަމަންތާން އަދި ޕްރޭނާގެ ރޯލަށް އެރިކާ ފެނަންޑޭޒް ލައިގެން ޝޯ ފެށީ ބޮޑު ތަރުހީބަކާއެކު އެވެ.
ލޮކްޑައުނަށް ފަހު ޝޫޓިން ފެށިތަނާ ޕާތް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި ފަހުން ޝޯއައިގެން ކުރިއަށް ދާން އޭނާ ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުންޏެވެ.
އޭގެ ފަހުން ބަޖާޖުގެ ބައި ކުޅެމުން އައި ކަރަން ސިންގް ގްރޯވާގެ ބަދަލުގައި ކަރަން ޕަޓޭލް އެ ރޯލު ކުޅެން ފެށި އެވެ. މިހާރު ރިޕޯޓުތައް ބުނާ ގޮތުގައި އޮކްޓޯބަރު މަހު ޝޯ ދެއްކުން ހުއްޓާލާނެ އެވެ.
އެގޮތުން އެންމެ ފަހު އެޕިސޯޑް ދައްކާނީ އޮކްޓޯބަރު 3 ގައި ކަމަށް ވެއެވެ.