ads
މޯލްޑިވް ގޭސް
މޯލްޑިވް ގޭސް ޑެލިވަރީގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަނީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރަމުން އަންނަ މޯލްޑިވް ގޭހުގައި މަސައްކަތްކުރަމުންދާ ބިދޭސީން މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ކޮވިޑްގެ މިދަތި ހާލަތުގައި އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް ނިކަމެތި ހާލަތެއްގައި އުޅެމުންދަނިކޮށް މޯލްޑިވް ގޭހުން އެ ފުރުސަތު ހުޅުވާލީ ހަމައެކަނި ދިވެހިންނަށެވެ. އެކުންފުނީގެ ސޯޝަލް މީޑިއާގެ ޕޭޖުތަކާއި ގެޒެޓުގައި ވެސް އެކަން އިއުލާންކޮށްފައިވެ އެވެ. 

އެކުންފުނިން މިވަގުތު ހޯދަން އިއުލާންކޮށްފައި ވަނީ ގޭސް ޑެލިވަރީ ކުރުމުގައި މަސައްކަތްކުރާނެ ދިވެހިންނެވެ. 

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖަރު އަލީ އިކްރާމްގެ އިރުޝާދުގެ ދަށުން އެ ވަޒީފާތައް ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާއިރު އެތަނުގެ ސީނިއާ މާކެޓިން އޮފިސަރު އައިޝަތު ހަމީދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ޑެލިވަރީގެ މަސައްކަތަށް ދިވެހިން ނެރެން ބޭނުންވެފައި ވަނީ އެކުންފުނީގައި މިހާރު 100 އެއްހާ ބިދޭސީ މަސައްކަތްތެރިން އެކަމުގައި ހަރަކާތްތެރިވަމުންދާތީ ބިދޭސީންގެ އަދަދުތައް މަދުކޮށް ދިވެހިންނަށް ވަޒީފާތައް ދިނުމަށެވެ. 

 އެ ހުރިހާ މަގާމަކުން ވެސް ގެއަށް ގެންދިއުމަށް މަދުވެގެން 9،000 ރުފިޔާ ލިބޭނެ އެވެ. 

އައިޝާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެކުންފުނިން ޑެލިވަރީގެ މަސައްކަތަށް ދިވެހިން ނެރުމަށް ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. 

އެކަމާއި ގުޅިގެން ކުންފުނީގެ އެމްޑީ އިކްރާމް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލުމާއި ގުޅިގެން ކުންފުނީގެ އަމާޒަކަށްވީ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން ކުންފުނީގެ މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގާތްގަނޑަކަށް 30 މަދުކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބަލަނީ ކުންފުނީގައި މަސަައްކަތްކުރާ ބޭރު މީހުންގެ އަދަދު މިއަހަރު ނިމެންވާއިރަށް 30 އަށް ތިރިކުރަން،" އިކްރާމް ވިދާޅުވި އެވެ.

އާންމުންގެ ޖީބަށް ދަތިވެފައިވާ މިވަގުތުގައި މޯލްޑިވް ގޭހުން ދިވެހިންނަށް އިސްކަމެއްދީގެން ވަޒީފާގެ ފުރުސަތު ހުޅުވާލިއިރު އެކުންފުނިން އެދެނީ ވީހާވެސް ގިނަ ބަޔަކު މިހާރު ހުޅުވާލާފައިވާ މަގާމުތަކަށް ކުރިމަތިލުމެވެ. 

މޯލްޑިވް ގޭހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދެމުން އަންނައިރު ކޮވިޑް-19 އާ ގުޅިގެން ހިދުމަތް އެންމެ ފުރިހަމަށް ފޯރުކޮށްދޭން ދަތިވެފައިވާ މިދަނޑިވަޅުގައި ވެސް އެކުންފުނިން އަންނަނީ ހުއްޓާ ނުލާއި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. 

ގޭހަށް ނުޖެހި ގޭގޭގައި ކެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވް ގޭހުގެ މުވައްޒަފުން މި ބިރުވެރި ހާލަތުގައި ވެސް މަސައްކަތަށް ނިކުތްއިރު އެކުންފުނީގެ ބައެއް މުވައްޒަފުންނަށް ކޮވިޑް ޖެހި، މަސައްކަތުން އެކަހެރިކުރަން ޖެހުނެވެ. އެކަމަކު ރައްކާތެރިކަމާއެކު އެކުންފުނިން ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް