އެ ވައްކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ އެވެ. އެއާއެކު ފައިސާތައް ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.
އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައި ވަނީ ރަށު ތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށް 352،500 ރުފިޔާ (ތިން ލައްކަ ފަންސާސް ދެހާސް ފަސް ސަތޭކަ) ހޯދާފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.