ads
ހުއިފިލަނޑާގެ ބާވަތެއް--
އެކްސްޕޯޓްކުރުން ހުއްޓާލި ދެދެބާވަތެއްގެ ހުއިފިލަނޑާ އެކްސްޕޯޓްކުރަން ހާއްސަ ސެޓްފިކެޓެއް
ރާއްޖެއިން އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރެއިން އެކްސްޕޯޓްކުރުން ހުއްޓާލަން ނިންމި ދެ ބާވަތުގެ ލުއިފިލަނޑާ އެކްސްޕޯޓްކުރަން ހާއްސަ ސެޓްފިކެެޓެއް ދޫކުރަން ފިޝަަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ހުއިފިލަޑާގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ދޭ ހުއްދަ ނުދޭން ނިންމާފައިވަނީ ރާއްޖެއިން އާއްމުކޮށް އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތްތަކުގެ އާބާދީ މަދުވަމުންދާތީ އާއި ހުއިފިލަނޑާ އާލާވާ މިންވަރަށްވުރެ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެފައިވާތީ "ހުދު ބަޓު" އަދި "ކަޅު ބަޓު" އިންނެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހާދާއެއް ކަމަށްވާ، ސައިޓީސް މުއާހަދާއިން ވަނީ އެ ބާވަތްތަކުގެ ހުއިފިލަނޑާގެ އާބާދީ ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ. އެހެންވުމުން ވަކި އުސޫލަކުން އެ ބާވަތްތަކުގެ ހުއިފިލަނޑާ އެކްސްޕޯޓްކޮށް ވިޔަފާރި ކުރެވޭނެގޮތް ހަމަޖެއްސުމަށް އެ މުއާހަދާއިން އަންގާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ. 

އެ ދެބާވަތް، ވިޔަފާރި އުސޫލުން އެކްސްޕޯޓްކުރެވޭނީ އެ އެކްސްޕޯޓްކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީންދޭ ހާއްސަ ހުއްދައެއް ލިބިގެންކަން ކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގާފައިވާ އެ ދެބާވަތުގެ ހުއިފިލަނޑާގެ ސްޓޮކް އެކްސްޕޯޓްކުތަން ބޭނުންވާ ފަރާތްތަކަށް ހާއްސަ، "ޕްރި ކޮންވެންޝަން ސެޓްފިކެޓް" އެއް ދޫކުރަން ނިންމާފަ އެވެ. އެ ސެޓްފިކެޓް ދޫކުރާނީ ސްޓޮކްގައި ހުރި އަދަދާއި ބަރުދަން އެނގޭ ގޮތަށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން ބުނާ ގޮތުގައި އެކްސްޕޯޓްކުރުމަށް ދޫކުރާ ހުއްދަ ދޫކުރަން ފަށާނީ އެ ދެ ބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއްކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެންގުމުން ކަމަށެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހެދި ރިސާޗުން ދައްކާގޮތުގައި ހުއިފިލަނޑާގެ ބާވަތް ރާއްޖެއިން ނަގާ މިންވަރުގެ އިތުރުއިރު ވަކި އުސޫލެއްނެތި މި ބާވަތްތައް ރާއްޖެއިން ނަގާ އޭގެ ވިޔަފާރި ކުރަމުންދާނަމަ ރާއްޖެއިން މި ބަވާތްތައް ނެތި ދިއުމުގެ ބިރު އެބައޮތެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ހުއިފިލަނޑާ އާލާކޮށް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ހުއިފިލަނޑާގެ ވިޔަފާރީއަކީ ބޮޑު އާންމުދަނީއެއް ލިބޭ ވިޔަފާރީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް