ads
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ހަފްތާ ރެސްގެ ނަމުގައި ޚާއްސަ ހަރަކާތެއް ފުވައްމުލަކުގައި
ހަފުތާ ރެސްގެ ނަމުގައި ބާއްވާ ވަރަށް ޚާއްސަ ފެއަރ އެއް މި މަހުގެ 13 އަދި 14 ވަނަ ދުވަހުގައި ބާއްވަން ނިއްމާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ހަފުތާ ރެސްގެ ނަމުގައި ބާއްވާ ވަރަށް ޚާއްސަ ފެއާ އެއް މި މަހުގެ 13 އަދި 14 ވަނަ ދުވަހުގައި ބާއްވަން ނިންމާފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ ހަފްތާ ރެސްގެ ނަމުގައި ބާއްވާ ފެއާ އޮންނާނީ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑުގައި ކަމަށެވެ.

ހަފުތާ ރެސް ފެއާގައި މުނިފޫހިފިލުވުމުގެ އައިޓަމްތަކެއްވެސް ހިމެނޭނެ ކަމަށާއި އެ ހަރަކާތް ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ލިރާރު ވިދާޅުވި އެވެ.

މިފެއާގެ މައިގަނޑު މަގުސަދަކީ އާންމު ފަރުދުންނާއި، ޒުވާނުންނާއި، ކުޑަކުދިންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށްވެސް ލިރާރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ލިރާރު ވިދާޅުވީ މި ފެއާގައި ޒުވާނުންނަށް ވަރަށް ޚާއްސަ ތަމްރީނު ޕްރޮގްރާމުތަކެއް ރޭވިފައި ވާނެ ކަމަށާއި މިއުޒީޝަނުންގެ ހަރަކާތްތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.

ފުޑް ސްޓޯލްތަކަކާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ފެއާގާއި ކުޑަކުދިންގެ އެންމެ މަގުބޫލު ކާޓޫން ކެރެކްޓާ ކަމަށްވާ ޑިޒްނީ ކެރެކްޓާސް ފެނިގެން ދާނޭ ކަމަށްވެސް ލިރާރު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް