އެކަން އާއްމުކޮށްފައި ވަނީ ޑާކްރެއިން އެންޓަޓެއިންމަންޓުންނެވެ. އަޝްފާ ފެނިގެން ދާނީ ވާހަކަލިޔުންތެރިޔާ އަހްމަދު ޒަރީރު ލިޔެ، ޑައިރެކްޓު ކުރާ "ބީވީމާ" އިންނެވެ.
އެ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، އަޝްފާގެ އިތުރުން ފިލްމުގައި ދެން ހިމެނެނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަލީ ޝަޒްލީމް، އައިޝަތު ޔާދާ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ.
ފިލްމުގެ ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ވާއިރު، ފިލްމު އާއްމުންނާ ހަމައަށް އަންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.